ފުވައްމުލަށް ސިޓީގައި 400 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އިމާރާތްކުރާ މި މިސްކިތް ނިމްމުމަށް ދެވިފައިވަނީ 365 ދުވަސް ކަމަށެވެ.
ފުވައްމުލައް ސިޓީގައި ''ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް''ގެ ފަރާތުން ޢިމާރާތްކުރާ މިސްކިތް، މަސްޖިދުލް ފަލާޙް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން. މިއީ 400 މީހުންގެ ޖާގައިގެ މިސްކިތެއް. މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހުގެ ތެރޭގައި. pic.twitter.com/A7P3q3lQbO
— Ministry of Islamic Affairs (@MVIaffairs) April 5, 2023
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި އަގެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.