Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ޖުލައިގައި ހުވަދު އަށް އާރްޓީއެލް ފެރީ

އާރްޓީއެލް ޚިދުމަތް ފެށުމަށް ހުވަދޫގައި ބޭނުން ކުރާ ފެރީ ލޯންޗް / ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ފެރީ ނިޒާމުގެ ދަށުން ހުވަދު އަތޮޅުގައި ބޭނުން ކުރާނެ ފެރީތަކުގެ ފުރަތަމަ ސްޕީޑް ފެރީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރްޓީއެލް އަކީ، މުޅި ރާއްޖެ ގުޅިފައިވާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ޒޯން 5 ނުވަތަ ހުވަދޫ އަތޮޅުގެ ފެރީ ނިޒާމަށް ބޭނުންވާ ފެރީތަކުގެ ތެރެއިން ފުރަތަމަ ފެރީ މިއަދު އެމްޓީސީސީއާއި ބުދަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

ހުވަދު އަތޮޅުގެ އުތުރު ބުރިއާއި ދެކުނު ބުރި ހިމެނޭ ޒޯން 5 ގެ އާރްޓީއެލް ޚިދުމަތް އަންނަ ޖުލައި މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.

މިފެރީ ބަނދެފައިވަނީ އަލް ޝާލި މެރީން ކުންފުނިންނެވެ. ފެރީއާއި ހަވާލުވެ ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްޓީސީސީން ވިދާޅުވީ، މި ސްޕީޑް ފެރީއަކީވެސް ކުރީގެ ފެރީތަކާއި އެއްގޮތަށް ޖާގަ ތަނަވަސް ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަޤްސަދުގައި ބަނދެފައިވާ ފެރީ ލޯންޗެއް ކަމަށެވެ. އަދި މިއީ 50 މީހުންގެ ޖާގައިގެ ފެރީ ލޯންޗެއް ކަމަށާއި މި ފެރީ ލޯންޗުގައި ވީލް ޗެއަރ އަދި ސްޓްރެޗަރ ބެހެއްޓޭނެ އިންތިޒާމު ހުންނާނެ ކަމަށެވެ.

ރާއްޖެ 6 ސަރަހައްދަކަށް ބަހާލައިގެން އެމްޓީސީސީން އާރްޓީއެލް ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިވަގުތު އާރްޓީއެލްގެ ޚިދުމަތް އުތުރުގެ ހއ. ، ހދ. އަދި ށ. އިތުރު ޅ. އަތޮޅުގައި ވަނީ ދޭން ފަށާފައެވެ. އަދި މިއަހަރު ތެރޭ ދެކުނުގެ ފެރީ ނިޒާމުވެސް އާރްޓީއެލް ފެރިތަކާއި އެކު ފަށާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.