Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ދެކުނު އެފްރިކާގައި ރާއްޖެ ޕްރޮމޯޓް ކުރަނީ

ވޯލްޑް ޓްރެވެލް މާކެޓް އެފްރިކާގައި ރާއްޖެއިން ބައިވެރިވި ޓީމް / ފޮޓޯ:؛ އެމްއެމްޕީއާރްސީ

ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް އެފްރިކާގައި 13 ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި މިމަހުގެ 3 އިން 5 އަށް ކުރިއަށް ދިޔަ މި ފެއަރގައި ރާއްޖޭގެ 13 ކުންފުންޏަކުން 21 މީހުންވަނީ ބައިވެރިވެފައެވެ. މިއީ އެފްރިކާ ސަރަހައްދުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބޭއްވޭ އެންމެ ބޮޑު އެއް ފެއަރ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. މި ފެއަރގައި ޤާއިމް ކުރެވުނު ރާއްޖޭގެ ސްޓޯލުން ރާއްޖެއާއި ގުޅޭ ތަފާތު މައުލޫމާތު ދެވި ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ 6000 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން ބައިވެރިވި މި ފެއަރގައި ބައިވެރިވާއިރު، ރާއްޖޭގެ ސްޓޯލަށް ޒިޔާރާތް ކުރާ ފަރާތްތަކާއި އެކު ޓްރޭޑް ސާވޭ ކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދެކުނު އެފްރިކާ ސަރަހައްދުގެ އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބިގެން ދިޔަ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ދެކުނު އެފްރިކާ މާކެޓަކީ މިވަގުތު މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ މާކެޓެވެ. މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޓަކައި ގިނަ މީޑިއާ ކެމްޕެއިންތައް ދަނީ ޖައްސަމުންނެވެ. މިއަހަރު މިހާތަނަށް ދެކުނު އެފްރިކާއިން 1917 މީހުން މިމާރިޗު މަހުގެ 15 އަށް އަންނާނެއެވެ.