Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އޭއީއެޗްގައި ރެސްޓޯރަންޓެއް ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ރެސްޓޯރެންޓެއް/ކެފޭއެއް އަދި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އޭއީއެޗުން ކުރި އިއުލާނެއްގައި ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރުމަށް އަންގާ ކަމަށެވެ.

މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މައުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު މި މަހުގެ 27 ވަނަ ދުވަހުގެ 11:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް އައިސް ބިޑު ހުށަހަޅަން ވަނީ އަންގާފަ އެވެ. ބިޑް ހުށަހަޅަން ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ނާންނަ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތެއް ނޯންނާނެ ކަމަށް އިއުލާނުގައި ވެ އެވެ.