Last Updated: June 22, 13:14
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ލެމަން ޔޯގަޓް ކޭކް

* ބޭނުންވާ ތަކެތި:

2 ބިސް
2 ލުނބޯގެ ހުތް
3/4 ޖޯޑު ހަކުރު
1 ޖޯޑު ޕްލެއިން ޔޯގަޓް
1/2 ޖޯޑު ވެޖިޓަބަލް އޮއިލް
1 ސައި ސަމްސާ ވެނިލާ އެސެންސް
2 ސައި ސަމްސާ ބޭކިން ޕައުޑާ
1 1/2 ޖޯޑު ފުށް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 350 ޑިގްރީ އަށް ހޫނުކޮށްލާށެވެ. އެއަށް ފަހު ކޭކު ފިހާ ތަށީގައި ތެޔޮ ހާކާލައި ބޭކިން ޝީޓް އަޅާލާށެވެ. ދެން ހު ބޮޑު ބޯތައްޓަކަށް ބިހާއި ހަކުރު އަޅައި މިނެޓެއްހާ އިރު ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ޔޯގަޓް، ލުނބޯ ހުތް، ތެޔޮ އަދި ވެނިލާ އެސެންސް އަޅައި ގިރާލާށެވެ.

ދެން އޭގެ ތެރެއަށް ބޭކިން ޕައުޑަރާއި ލޮނު އަޅައި ގިރާލާށެވެ. އޭގެ ފަހުން އޭގެ ތެރެއަށް ފުށް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން ތައްޔާރުކޮށްފައި ހުރި ކޭކު ފިހާ ތައްޓަށް ކޭކު މިކްސް އަޅައިލާށެވެ. އެއަށް ފަހު 45 މިނެޓު ވަންދެން އަވަނަށް ލައި ފިހެލާނީ އެވެ.

ކޭކް ފިހެފައި ގާނިޝްކޮށްލަން މައްޗަށް ލެމަން ޒެސްޓް އަޅާލެވިދާނެ އެވެ.