Last Updated: July 15, 18:06
Thursday, July 16, 2026
ރިޕޯޓް

މިއީ ލޯބިން ހިތްފުރޭ ކަހަލަ މަންޒަރެއް!

ބުޅަލަކީ ވަރަށް ލޯބި ޖަނަވާރެކެވެ. ގިނަ ބަޔަކު އަމިއްލަ ދަރިންހެން ބުޅާ ގެންގުޅެ އެވެ. ގާތްކޮށްގެން ގެންގުނު ވަރަކަށް ބުޅަލަކީ އޭގެ ފަރާތުން ވެސް ރައްދުގައި ލޯބި ލިބޭ އެއްޗެކެވެ.

މި ވީޑިއޯ އިން ވެސް ފެންނަނީ ލޯބިން ހިތްފުރޭ ކަހަލަ މަންޒަރެކެވެ. މިއީ އަލްޖީރިއާގެ މިސްކިތެއްގައި ތަރާވީހު ނަމާދުކުރަމުން ދަނިކޮށް މިސްކިތެއްގެ ކެމެރާ އަށް ރެކޯޑް ކުރެވުނު މަންޒަރެކެވެ. މި ވީޑިއޯގައި ފެންނަނީ ގިނަ ބަޔަކު ގޮވައިގެން އިމާމަކު ނަމާދު ކުރަމުން ދަނިކޮށް ފުންމައިގެން ގޮސް ބުޅަލެއް އިމާމުގައި މޭގައި ލައްވެ ގަންނަ ތަނެވެ.

މި ވީޑިއޯގެ ހާއްސަ ކަމަކީ ބުޅަލުގެ އެ ކުއްލި ހަރަކާތާ އެކީ ވެސް އިމާމުގެ ނަމާދަށް އެެއްވެސް ބުރުލެއް ނާރައި ވަރަށް އޮމާންކޮށް ކުރިއަށް ގެންދިޔަ ތަނެވެ. ޤުރުއާން ކިޔަވަން ހުއްޓައި ބުޅާ ގައިގައި އެލި ގަތުމުން އިމާމު، ބުޅަލަށް "ރައްކާތެރިކަން ދޭ" ތަން ވެސް ފެނެ އެވެ. ދެން ބުޅާ އަރަނީ އިމާމުގެ ވާތު ކޮނޑަށެވެ. އަދި ކޮނޑުމަތީގައި އިނދެގެން އިމާމުގެ މޫނުގައި ކޭއްތިލާފައި ދެތިން ފަހަރަކު ބޮސް ދޭތަން ވެސް ފެނެ އެވެ.


ދެން ފެންނަނީ ބުޅާ އިމާމުގެ ކޮނޑުމަތިން ފުންމާލައިގެންދާ ތަނެވެ.

މި ވީޑިއޯގެ ވާހަކަ ވަރަށް ގިނަ މީޑިއާތަކުގައި ވެސް ދެކެވިފައިވެ އެވެ. އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ވަރަށް ގިނަ ބަޔަކު ޖަޒުބާތީ އެކި ކަހަލަ ކޮމެންޓްތައް ވެސްކޮށްފައިވެ އެވެ.