އިސްލާމިކް މިނިސްޓްރީން މިރޭ ބާއްވާ އިހުޔާ ފޯރަމްގައި އިސްލާމް ދީނުގެ މައި ތަނބު ކަމަށްވާ ނަމާދުގެ ވާހަކަތަކަށް ހާއްސަކުރާ ގޮތަށް ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ފޯރަމްގެ މައުޟޫ އަކީ "ނަމާދު: މުސްލިމާގެ ދީނާއި ދުނިޔެ" ކަމަށެވެ. މި މައުޟޫ އަށް ފޯރަމްގައި ތަގުގީރު ކުރައްވާނީ ޝެއިހް އަހުމަދު ސަމީރުގެ އިތުރުން ޝެއިހް އަބްދުﷲ ސައީދެވެ.
1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްގެ 9 ވަނަ ޕްރޮގްރާމް
މައުޟޫޢު "ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ"
🎙️ އައްޝައިޚް އަޙްމަދު ސަމީރު އަދި އައްޝައިޚް ޢަބްދުﷲސަޢީދު
📍 އިސްލާމީ މަރުކަޒު ހޯލްގައި
⌛️ ގަޑި: 21:30
📅06 އެޕްރިލް 2023 (މިރޭ )#އިޙްޔާ#roadha44#MVIaffairs pic.twitter.com/ti9jbo6akt— Ministry of Islamic Affairs (@MVIaffairs) April 6, 2023
ރޯދަ މަހުގެ ރޭތަައް އިހުޔާކުރަން އިސްލާމިކް މިނިސްޓްރީން މިރޭ ބާއްވާ ފޯރަމަކީ މި ރޯދަ މަހުގެ 9 ވަނަ ފޯރަމެވެ. މިނިސްޓްރީން އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުންނެވެ.