ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދަން ނިންމައި އެ މަޝްރޫއު ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޔޫތު މިނިސްޓްރީގެ ދަށުން ގައްދޫގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކުރަން ޖެހެ އެވެ. އެގޮތުން 500ރ. ގެ ފީއަކަށް ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 17 ހަމައަށެވެ.
ފިނޭންސް މިނިސްޓްރީން ގައްދޫ ސްޕޯޓްސް ކޮމްޕްލެކްސް އަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ މުއްދަތަކީ 148 ދުވަސް ކަމަށެވެ.