ވުލްވުރިންގެ ރޯލު ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހިއު ޖެކްމަން ހަމުގެ ކެންސަރުން ސަލާމަތްވެއްޖެ އެވެ.
އެ ވާހަކަ 54 އަހަރުގެ އެކްޓަރު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް، ފޭނުންނާއި ހެޔޮއެދޭ މީހުން ދިން ލޯތްބާއި ހިތްވަރަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. ޖެކްމަން އެންމެ ފުރަތަމަ ހަމުގެ ކެންސަރު ޖެހުނުކަން އެނގުނީ 2013 ގަ އެވެ. އޭގެ ފަހުން ބައްޔަށް ފަރުވާ ހޯދަން ދެ ކުދިންގެ ބައްޕަ މިހާތަނަށް ހަ ޕްރޮސީޖާއެއް ހަދާފައިވެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އޮސްޓްރޭލިއާ އަށް އުފަން ޖެކްމަން ވަނީ ހަމުގެ ކެންސަރުކަން ރައްކާތެރިވުމުގެ ގޮތުން ބޭރު ތެރޭގައި އުޅޭ އިރު، ސަންސްކްރީމް ވެސް ބޭނުންކުރަން އިލްތިމާސްކޮށްފަ އެވެ.
ޖެކްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ސަން" އެވެ.