ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ރާއްޖޭގެ 118 ރަށަކަށް ފުޅާ ކުރެވިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ފަތުރުވެރިކަން ނުވަތަ ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަމަކީ، މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ރައްތަކަށް ފަތުރުވެރިކަން ފޯރުވުމަށް އިންޓަގްރޭޓެޑް ޓުއަރިޒަމަށް ބިން ދޫކުރުމަށް މިނިސްޓްރީއާއި ސިޓީ ކައުންސިލްތަށް ގުޅިގެން މަސައްކަތް ކުރެވެއެވެ. މީގެ އިތުރުން ހޯމް ސްޓޭއިގެ ނަމުގައި ފަތުރުވެރިކަމުގެ އައު ޕްރޮޑަކްޓެއް ވެސް ސަރުކާރުން ވަނީ ޤަވާއިދު ހަދައި ނެރެފައެވެ.
މިމަސައްކަތުގެ ތެރެއިން މިހާތަނަށް 118 ރަށަކަށް ފަތުރުވެރިކަން ފޯރުކޮށްދެއްވިއްޖެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ހުރިހާ އަތޮޅަކާއި ސިޓީތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 909 ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުން 16،300 އެނދު ނެރެފައިވާ ކަން ފާހަގަކުރެއްވިއެވެ. އެއީ ސިނާއަތުގައި ހިމެނޭ ޖުމްލަ އެނދުގެ 27 އިންސައްތައެވެ.
2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 533 ހޮޓެލް/ގެސްޓްހައުސްގައި 10،455 އެނދު. އަޅާކިޔަންޏާ 4 އަހަރުތެރޭ ހޮޓެލްގެސްޓް ހައުސްގެ އަދަދު % 70 އަދި ހޮޓެލް/ގެސްޓްހައުސްގެ އެނދުގެ އަދަ %56 އިތުރުވެއްޖެ! މިސްރާބުމަންޒިލަށް، ކުރިއަށް! #Ibu2023 https://t.co/fvLn9MElKH
— Abdulla Mausoom (@Mausoom_Maus) April 6, 2023
މިނިސްޓަރ މައުސޫމް ވިދާޅުވީ ގޮތުގައި މިދިޔަ ހަތަރު އަހަރު ގެސްޓް ހައުސް އަދި ހޮޓެލްގެ އަދަދު އިތުރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގައި ހުރީ 533 ހޮޓަލް އަދި ގެސްޓް ހައުސް ކަމަށާއި، އެއީ 10،455 އެނދު ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިހަތަދު އަހަރު އަޅާ ކިޔަންޏާ 56 އިންސައްތަ އެނދު އިތުރު ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގެ 174 ރިސޯޓް އޮވެއެވެ. މީގެ އިތުރުން 896 ގެސްޓްހައުސްއާއި، 13 ހޮޓެލް އަދި 153 ސަފާރީ އުޅަނދު އޮވެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަތުރުވެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ހާމަކޮށްފައެވެ.