Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާ އަށް "ހެޑްސް އޮފް ސްޓޭޓް"

ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ކުރިއަށް އޮތް ދެ ޕްރޮޖެކްޓްތަކެއް ބެލުންތެރިންނަށް ގެނެސްދޭން އޭގެ ޕްރޮމޯޝަންތަކުގައި އުޅެނިކޮށް، އޭނަގެ އާ ފިލްމެއް އިއުލާންކޮށްފި އެވެ.

މި ފިލްމަކީ އެމެޒޯން ސްޓޫޑިއޯސް އިން ހަދާ "ހެޑްސް އޮފް ސްޓޭޓް" އެވެ. މީގެ ބަތަލުންނަކީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ. "ހެޑް އޮފް ސްޓޭޓް" ގެ ވާހަކަ ގެނެސްދިން ޑެޑްލައިންގެ އާޓިކަލެއްގެ ސްކްރީންޝޮޓަކާ އެކީ މި ފިލްމަށް ސޮއިކުރިކަން ޕްރިޔަންކާ ސޯޝަލް މީޑިއާގަިއ ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. އޭގައި އޭނަ ބުނީ ދެން އޮތް ޕްރޮޖެކްޓަކީ މިއީ ކަމަށެވެ.

ޑެޑްލައިނުން ބުނި ގޮތުގައި "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި މި އެކްޝަން ތުރިލާގެ ޑައިރެކްޓަރަކީ 2021 ގެ އެކްޝަން ތުރިލާގެ "ނޯބަޑީ" ގެނެސްދިން އިލިއާ ނައިޝްލާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޖޯޝް އެޕަލްބޯމް އާއި އެންޑްރީ ނިމިކް އެވެ.

ޕްރިޔަންކާ ކުޅުނު އެމެޒޯންގެ ސީރީޒް "ސިޓަޑެލް" މި މަހުގެ 28 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އިރު، އޭނަގެ އާ ފީޗާ ފިލްމު "ލަވް އެގެއިން" އަންނަ މަހުގެ 26 ގައި ސިނަމާތަކަށް އަންނާނެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" އިންނެވެ.