* ބޭނުންވާ ތަކެތި:
2 ޕެކެޓް ނޫޑުލްސް (ފެނުކައްކާފައި)
2 ޓޮމާޓޯ (ކޮށާފައި)
1 ފިޔާ (ކޮށާފައި)
1/2 ޖޯޑު ކުކުޅު
1 ލޮނުމެދު (ގާނާފައި)
1 ބޭ ލީފް
1/2 ޖޯޑު ފުލް ކްރީމް
2 ސައިސަމުސާ ބަޓަރު
2 ކާފޫރުތޮޅި
2 ކަރަންފޫ
1 ފޮނިތޮށި
1 ސައި ސަމުސާ ހަކުރު
1 ގިތެޔޮ (މިރުސް ކޮށާފައި)
ލޮނު
4 ކެޝޫނަޓްސް
* ތައްޔާރު ކުރާނެ ގޮތް:
ޓޮމާޓޯ، ފިޔާ ކޮށާފައި ތެއްޔަކަށް ލާށެވެ. ދެން ތެއްޔަށް ފޮނި ތޮށި، ކާފޫރު ތޮޅި، ކަރަންފޫ، ކެޝޫނަޓްސް، ބޭ ލީފް، ބަޓަރު އެޅުމަށް ފަހު ޓޮމާޓޯ ކޮޅު މަޑުވަންދެން މަޑުގިނީގައި ހަނާ ކުރާށެވެ. އެއަށް ފަހު ހަނާކުރި ހުރިހާ އެއްޗެއް މިކްސަރަކަށް އަޅައި ފުނޑައިލާށެވެ. ދެން ތެއްޔަކަށް ބަޓަރުކޮޅެއް ލުމަށް ފަހު މިކްސަރުން ފުނޑި ޕޭސްޓު 10 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާށެވެ.
ޕޭސްޓު މަޑު ގިނީގައި ކެއްކުމަށް ފަހު އޭގެ ތެރެއަށް ލޮނު، ފުލް ކްރީމް، ހަކުރު އަޅާށެވެ. އެއަށް ފަހު ކައްކާފައި ހުރި ނޫޑުލްސް އަދި ކޮށާފައި ހުރި ކުކުޅުކޮޅު އެޅުމަށް ފަހު ކުކުޅުކޮޅު މަޑުގިނީގައި ކުކުޅު ރޯ ފިލަންދެން ކައްކާނީ އެވެ.