Last Updated: June 8, 12:02
Monday, June 8, 2026
ދުނިޔެ

ޓިނު ވަގަށް ނެގި ޔުގެންޑާގެ މިނިސްޓަރަކު ޖަލަށް!

ޓިނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ޔުގެންޑާ ކެބިނެޓް މިނިސްޓަރަކު ތަހުގީގަށް ޖަލުގައި ބަންދުކޮށްފި އެވެ.

ޔުގެންޑާގެ ކަރަމޯޖާ ސަރަހައްދާ ހަވާލުވެ ހުންނެވި މޭރީ ގޮރެޓީ ކިޓޫޓޫ ކިމޯނޯ ބަން ދަށް ގެންގޮސްފައިވާ އިރު ކަފާލާތުގެ ދަށުން ދޫކުރަންދެން އަންނަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް އޭނާ ބަނދުގައި ހުންނާނެ ކަމަށް މިޑީއާ ރިޕޯޓްތައް ބުުނެ އެވެ. ވައްކަމުހެ މައްސަލާގައި ގާތްގަނޑަކަށް 14،500 ޓިނުގަނޑު ގެއްލިފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ. އަދިއެ މައްސަލާގައި މިނިސްޓަރުގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންގޮސްފައި ވަނީ އޭނާ އެއްބަނޑު އެއްބަފާ ބޭބެ މައިކަލް ނަބޯޔާ ކިޓޫޓޫއާ އެކީގަ އެވެ.

މި މައްސަލާގައި ކިޓޫޓުގެ އިތުރުން ބޮޑުވަޒީރަށާއި އެ ޤައުމުގެ ނައިބް ރައީސްއަށާއި އަދި މަޖިލީހުގެ ރައީސް ހިމެނޭހެން އިތުރު އޮފިޝަލުންނަށް ތުހުމަތު ކުރެވެ އެވެ. މައްސަލާގައި އެޤައުމުގެ ބޮޑުވަޒީރު ވަނީ މާފަށް އެދިވަޑައިގެން ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިމައްސަލާގައި ކޯޓަށް ގެންދިއުމުން އޭނާ އަކީ އުމުރުން ދުވަސްވެފައިވާ މީހަކަށްވެފައި، މައްސަލައަށް އޭނާގެ ބާރެއް ނުފޯރާނެ ކަމަށް ބުނެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ކޯޓުގައި އޭނާގެ ވަކީލުން އެދިފައިވެއެވެ. ނަމަވެސް ދައުލަތުން ވަނީ އޭނާ ބޭރުގައި ނުބެހެއްޓޭނެ ކަމަށް ބުނެ އެކަމުގެ ހުއްޖަތުގެ ގޮތުގައި އޭނާގެ މަންމަގެ ބަޔާން ނެގުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވާފައިވާ ކަން ފާހަގަކޮށްފައެވެ.

ޓިނު މައްސަލާގައި ބަނދަށް ގެނެދިޔަ ޔުގެންޑާގެ ކަރަމޯޖާ ސަރަހައްދުގެ މިނިސްޓަރ ކިޓޫޓޫ / ފޮޓޯ: ރޮއިޓާސް

ޔުގެންޑާގެ މީޑިއާތައް ބުނާ ގޮތުން އޭނާ މަންމަގެ ގޭގައި ވެސް އެ ޓިނު ބޭނުންކޮށް ގެ ހިޔާކޮށްފައިވެ އެވެ. މީގެ އިތުރުން ބައެއް މި ޓިނު ލިބުނު މިނިސްޓަރެއް އޭނާގެ ބަކަރި ކޮށި ހިޔާކުރުމަށް ޓިނު ބޭނުންކޮށްފައިވާ ކަން އެނގިގެން އެ ޓިނު އަނބުރާ ނެގުމަށް ދާދި ފަހުން މަޖުބޫރު ކުރުވާފައިވާ ކަމަށް ވެއެވެ.

މި މައްސަލާގައި ގެއްލިފައިވާ ކަމަށް ބުނާ ޓިނުތަކަކީ އެ ސަރަހައްދުގެ ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް ލިބުނު އެހީ ކަމަށްވެއެވެ. ނަމަވެސް ރައްޔިތުންނަށް އެ ޓީނުނގަނޑު ނުބަހާއި އެނާގެ އައިލާ މީހުންނަށާއި ގާތް މީހުންނަށް ނާޖައިޒް ފައިދާ ނަގައި ޓިނުތައް ބަހާފައިވާ ކަމަށް މިނިސްޓަރު ކިޓޫޓޫ އަށް ތުހުމަތުކުރެ އެވެ.