ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޒަމާންތަކެއް ފަހުން އެއް މޭޒެއްގެ ދޮށުން ބައްދަލުވެއްޖެ އެވެ.
މި ދެ ބޭފުޅުން ބައްދަލުވުވެޑައިގެންނެވީ ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއްޔާގެ ސަފީރު ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް އިއްޔެ ދެއްވި ހާއްސަ ރޯދަ ވީއްލުމުގަ އެވެ. މަޖިލީގުގެ ޓްވިޓާ އިން އޭގެ ފޮޓޯތަކެއް އާންމުކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ފޮޓޯގައި ނަޝީދާއި ވަހީދު އެއް މޭޒެއްގެ ދޮށުގައި ގާތްގާތުގައި ވަަރަށް ބޮޑަށް ހިނިފުޅުވަޑައިގެން ތިއްބަވާ ތަން ދެނެ އެވެ.
This evening, Hon. President @MohamedNasheed, MP, Speaker of the People’s Majlis attended an Iftar reception hosted by H.E. Matrek A. Aldosari, the Ambassador of the Kingdom of Saudi Arabia to the Republic of Maldives. pic.twitter.com/Jsga7YykqF
— People's Majlis (@mvpeoplesmajlis) April 6, 2023
މިއީ ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް އައި ފަހުން އެ މަނިކުފާނުގެ ނައިބު ރައީސާ އެކީ މިފަދަ ގޮތަކަށް ފެނުނު ފުރަަތަމަ ފަހަރެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ނަޝީދު ފަހުން ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ބޮލުގައި ބަޑި ޖައްސައިގެން ކަމަށެވެ. އަދި ބަޢާވާތަކުން ވެރިކަން ވައްޓާލީ ކަމަށް ވިދާޅުވެފައިވެ އެވެ.
H.E. Amb. Matrek Aldosari, hosted Ramadan Iftar reception joined by Vice President H.E. Faisal Naseem, People’s Majlis Speaker H.E. Mohamed Nasheed, Former President H.E. Mohamed Waheed, Ministers & state’s high officials, heads of missions, and members of the mission. https://t.co/sgA2lyvME3
— السفارة في المالديف (@KSAembassyMV) April 6, 2023
ނަޝީދު އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީ އޮތްބައި ރައީސްގެ ގޮތުގައި ފުރިހަމަކުރެއްވީ ޑރ. ވަހީދެވެ. އަދި އެ މަނިކުފާނުގެ ނައިބު ރައީސަކީ މުހައްމަދު ވަހީދުއްދީނެވެ.
ނަޝީދުގެ ވެރިކަން ނިމުމުން ވަހީދަށް އެމްޑީޕީން "ބާޢީ" އަށާއި "ކަޅު ކާޅަށް" ގޮވައި އެތައް ފުރައްސާރައެއް ކުރި އެވެ. ޑރ. ވަހީދަކީ މިހާރު ޕީޕީއެމްގެ މެމްބަރެކެވެ.