Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ބިޕާޝާގެ ދަރިފުޅު ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ ދަރިފުޅުގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައި އުފަންވި އަންހެން ދަރިފުޅުގެ ދެ ފޮޓޯއެއް ބިޕާޝާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައި އެވެ. މިއީ އެ ކުއްޖާ އުފަންވި ފަހުން މޫނު އާންމުކޮށް ދައްކައިލި ފުރަތަމަ ފަހަރެވެ.

ފޮޓޯތަކެއް އާންމުކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެއަށް ކޮމެންޓްކޮށް ދަރިފުޅު ވައްތަރީ ބިޕާޝާގެ ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވާއާ ކަމަށް ބުނެފައިވެ އެވެ.

އެ ދަރިފުޅަށް ކިޔަނީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ. މިއީ ބިޕާޝާ އާއި ކަރަންގެ އަލަތު ދަރިފުޅެވެ. އެ މީހުން ކައިވެނިކުރީ 2016 ގަ އެވެ.