Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

ބިލް ގޭޓްސް ކާފަދަރިފުޅާ އެކީ

އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އަށް ކާފަދަރިއަކު ލިބިއްޖެ އެވެ.

އެ އަންހެން ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއެއް ވެސް އިއްޔެ މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަންގެ ސޯޝަލް މީޑިއާގައި އެކައުންޓްތަކުގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގެ ކެޕްޝަނަކަށް ލިޔެފައި އޮތީ "އައި ކާންޓް ވެއިޓް ޓު ވޮޗް ޔޫ ޑިސްކަވާ ދަ ވޯލްޑް" އެވެ.

ގޭޓްސްގެ ފުރަތަމަ ކާފަދަރިފުޅަކީ އޭނަގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް އާއި ނަޔެލް ނައްސާރުގެ ފުރަތަމަ ދަރިފުޅެވެ. އެ މީހުން ކައިވެނިކުރީ 2021 ގަ އެވެ. ޖެނިފާ ވިހެއީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ގޭޓްސް، 67، ކާފައަކަށްވި އިރު އޭނަ އާއި އަންހެނުން މެލިންޑާ ގޭޓްސްގެ ކައިވެނި އޮތީ 2021 ގެ މެއި މަހުގެ ތެރޭގައި ރޫޅައިފަ އެވެ. އެ މީހުންގެ 27 އަހަރުވީ ކައިވެނި ރޫޅާލި އިރު ލިބިފައި ވަނީ ތިން ކުދިންނެވެ. އެއީ ޖެނިފާ، 26، ގެ އިތުރުން ފޮއޭބީ އެޑެލް ގޭޓްސް އާއި ރޯރޯ ޖޯންސް ގޭޓްސް، 23، އެވެ.

ގޭޓްސް މިހާރު އުޅެނީ އާ ލޯބިވެރިޔަކު ހޯދައިގެންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ގޭޓްސްގެ އާ ބައިވެރިޔަކީ އޮރޭކަލް ކުންފުނީގެ ކުރީގެ ރައީސް އަދި މިލިއަނަރު މާކް ހާޑްގެ އަންހެނުން ޕައުލާ ކަލޫޕާ، 60، އެވެ.