Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ޓޫރިސްޓުން އައި ނިސްބަތް 21 ޕަސެންޓް އިތުރު

މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރު މިހާތަނަށް ރާއްޖެ، ލައްކައެއްހާ ފަތުރުވެރިން އިތުރަށް އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ 555،537 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 457،005 ޓޫރިސްޓުންނެވެ. މިއީ ޖުމްލަ 98،532 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރާއި މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާ އިރު 21.6 ޕަސެންޓް ޓޫރިސްޓުން އިތުރަށް ރާއްޖެ މި ވަނީ އައިސްފަ އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވެފައިވާ އިރު، މި ތިން މަހުވެސް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހަލުވި މިނެއްގައި ކުރިއަރަމުން އަންނަ އިރު ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭ އިރު ޖުމްލަ 1.9 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. މިދިޔަ އަހަރު ރާއްޖެ އައީ ސްފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ.