މެރިއޮޓް އިންޓަނޭޝަނަލް އިން ރިސޯޓްތަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ހިންގާ އެޕްރެންޓިސް ޕްރޮގްރާމަށް ބޭނުންވާ ޒުވާނުން ހޯދަން ބާއްވާ އޯޕަން ޑޭ މިއަދު ހުޅުމީދޫގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަތޮޅު މަދަރުސާގައި މި ހަރަކާތް ފަށާނީ ހެނދުނު 10:00 ގަ އެވެ. އަދި އޯޕަން ޑޭ މެންދުރު ފަހު 3:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ހުޅުމީދޫގައި މި އިވެންޓް މިއަދި ބޭއްވުމަށް ފަހު މާދަމާ އޯޕަން ޑޭ ކުރިއަށް ދާނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގަ އެވެ. އެއީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށެވެ.

މެރިއޮޓް އިންޓަނޭޝަނަލް އެޕްރެންޓިސް ޕްރޮގާރަމަކީ އެކި ދާއިރާތަކުން މީހުން ބިނާކުރަން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ 10 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.