މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނީ، ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ހުންނެވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އެއްކައިރިކޮށް ކިހިލިހާފައި ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ނަޝީދަށާއި އެ މަނިކުފާނުގެ ފެކްޝަނަށް މިހާރު ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މެމްބަރު ވިދާޅުވީ އެ ބޭފުޅުން މަސައްކަތް ކުރަނީ ވެސް އެ އަޒުމުގައި ކަމަށެވެ.
Mi faharu @MDPSecretariat riyaasee inthikhaabu kaamiyaabu kuraanee Iraadha kurevviyyaa FIkureggeDhirun ekkaaree koffa kihili jahaa laigen .e azumuga Alhugandu men mi masakkaiy kuranee
— Ibrahim Shareef (@AdduShareef) April 7, 2023
"ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިން އިއްޔެ ބައްދަލުކުރުމާ ގުޅިގެން އެ ބައްދަލުވުތަކުގެ ފޮޓޯތަކަކާ އެކީ މަވޯޓާ ވިދާޅުވީ އެމްޑީޕީ ރޫޅައި ސުންނާފަތިކުރަން އެ ފެކްޝަނުން ނުކުރާނެ އެއްވެސް ކަމެއް ނެތްކަން ސާފު ކަމަށެވެ.
E beyfulhun thaaidhu kuravvaa candidate akah verikan libijjeyyaa faharegga FIkureggeDhirun ge beyfulhunnah molhu gotheh vedhaane.@MDPSecretariat ah vaane evves molheh noannaane kan budheege hama thakun visnaaleemaa ingey.
— Ibrahim Shareef (@AdduShareef) April 7, 2023
"އެ ބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓަކަށް ވެރިކަން ލިބިއްޖެއްޔާ ފަހަރެއްގައި ފިކުރެއްގެ ދިރުންގެ ބޭފުޅުންނަށް މޮޅު ގޮތެއް ވެދާނެ،" އޭނަ ވިދާޅުވި އެވެ. "ފިކުރެއްގެ ދިރުން މެކުހަށް ޖަހާފައި. އަމިއްލަ އަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއް ނެތް. އެމްއާރްއެމް ފަދަ ކުޑަ ޕާޓީއަކަށްވާ ތަން މި ފެންނަނީ. އޭގެ ކޮޅުމަތި ފެންނަން ފަށައިފި. އެމްޑީޕީ ދޫކޮށްފައި ދާން ރެޑީވެއްޖެ. ކީހާ ޅެން ފަރިއްސަވެއްޖެ."
FIkureggeDhirun mekuhah jahaafa. Amilla ah verikamah kurimathi lumuge hivvareh nei. MRM fadha kuda party akah vaathan mi fennanee. Eyge kolhumathi fennan fashaifi @MDPSecretariat dhookoffa dhaan ready vejje pic.twitter.com/YZ4qEBdcqv
— Ibrahim Shareef (@AdduShareef) April 7, 2023
މަވޯޓާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ގެއްލުވާލަން މަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ޕާޓީ އަށް އެއްވެސް ވަރަކަށް ހެޔޮއެދޭ ބައެއް ނޫން ކަމަށެވެ.