އިންޓަނޭޝަނަލް ޓްރެވެލް ފެއާ (އައިޓީއެފް) މި މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު އެއްތަންކުރާ މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 22-24 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.
މި ފަހަރުގެ އައިޓީއެފްގައި 200 އެގްޒިބިޓަރުން ބައިވެރިވާ އިރު، ދުނިޔޭގެ އެކި ހިސާބުތަކުން ފެއާ އަށް 5،000 އެއްހާ މީހުން ޒިޔާރަތްކުރާނެ އެވެ. އޭގެ ތެރޭގައި ޓްރެވެލް އޭޖެންޓުންނާއި ރިސޯޓްތަކާއި ހޮޓާތަކާއި އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި އިންޝުއަރެންސް ކުންފުނިތައް ހިމެނެ އެވެ.
އައިޓީއެފްގެ އިވެންޓް ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް ވިދާޅުވީ މި ފަހަރުގެ ފެއާގެ ތެރޭގައި ދެމެހެއްޓެނިވި ޓޫރިޒަމާއި ޓްރެވެލް ޓެކްނޮލޮޖީގެ އިތުރުން ޑިޖިޓަލް މާކެޓިން ފަދަ ދާއިރާތަކުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރަން ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.