Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހިދާއި ކްރިތީގެ ފިލްމު އޮކްޓޯބަރުގައި

ޝާހިދު ކަޕޫރާއި ކްރިތީ ސެނަން އެކީގައި ކުޅުނު ފުރަތަމަ ފިލްމު މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ނިންމައި އޭގެ، ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އެކަމަކު މި ލޯބީގެ ފިލްމަށް އަދިވެސް ނަމެއް ނެތެވެ. އޮކްޓޯބަރުގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާންކުރި ނަމަވެސް ސީދާ ވަކި ތާރީހެއް ވެސް ނެތެވެ. ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް މި ފިލްމަކީ ކްރިތީ ރޮބޮޓެއްގެ ރޯލުން ފެންނާނެ އެއްޗެއް ކަމަށް ކުރިން މީޑިއާތަކުން ބުނެފައިވެ އެވެ.

ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ދަރްމެންދުރާ ވެސް ހިމެނޭ ފިލްމުގެ ޓެގް ލައިނަކީ "އޭން އިމްޕޮސިބަލް ލަވް ސްޓޯރީ" އެވެ. މި ފިލްމަކީ "ހިންދީ މީޑިއަމް" އާއި "އިސްތިރީ" އާއި "މިމީ" އަދި "ބޭޅިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކުރި އެއްޗެކެވެ.

ޝާހިދާ އެކީ ކްރިތީ ކުޅުނު ފިލްމު އޮކްޓޯބަރަށް ތާވަލުކުރި އިރު، ކްރިތީ އާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އޮތީ އޮކްޓޯބަރު 20 އަށް ތާވަލުކޮށްފަ އެވެ.