މުސްލިމުން ގިނަ ގިނައިން އިޚްތިލާފުވެ، އަރައިރުންވާ ނަމަ ޣައިރު މުސްލިމުންނަށް އިސްލާމް ދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި ކަމަށް ޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެ އެވެ.
"އިޚްތިލާފީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު" މި މައުޟޫ އަށް ރޭ ހޯރަފުށީގައި ޝެއިހް ވިދާޅުވީ
އިސްލާމް ދީނުގައި ވަނީ އެންމެން އެއް ބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައި ކަމަށެވެ.
އެގޮތުން ފިކުރީ އިޚްތިލާފުތަކަށް ބައްލަވައި ޝައިޚް ސައީދު ވިދާޅުވީ ކީރިތި ރަސޫލާގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައި ވެސް ޚިލާފު އުފެދިފައި ނުވާ ކަމަށް ވިދާޅުވި އެވެ. ރަސޫލާގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެ ކަމަށް އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ކަމަށާއި ނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާ އިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށް ވިދާޅުވި އެވެ. އަދި މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ވަނީ ބަޔާންކުރައްވާފައި ކަމަށް ވިދާޅުވި އެވެ.