Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

މީހުން މެރުން އާންމުވެއްޖެ، ރައްކާތެރިކަން ހޯދައިދީ

ރާއްޖޭގައި މިހާރު މީހުން މެރުން އާންމުވެއްޖެ ކަމަށާއި ސަރުކާރުން އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުން ކަމަށް އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި ދުވަސްވީ އަންހެނަކު މަރާލި ހާދިސާއާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަބަރު އަޑުއެެއްސެވީ ފުން ހިތާމައާ އެކީގައި ކަމަށެވެ.

"ވީއެންމެ އަވަހަކަށް މިކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދީ،" ނާޒިމު ވިދާޅުވި އެވެ. "މީހުން މެރުން އާންމުވެއްޖެ. އެންމެ ފުރަތަމަ ކަމަކަށް ރައްޔިތުންނަށް އަމާންކަން ހޯދައިދީ."

މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމަކުން މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.