Last Updated: July 25, 09:39
Saturday, July 25, 2026
ޚަބަރު

އުރީދޫ ހަދިޔާ ފޮށިން އައިފޯން 14 ޕްރޯއެއް

މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދޭ ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރަކަށް އައިފޯން 14 ޕްރޯއެއް ލިބިއްޖެ އެވެ.

އުރީދޫން "ހަދިޔާ ފޮށީ"ގެ ނަމުގައި ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބޭ ޕްރޮމޯޝަންގެ ތެރެއިން އައިފޯން 14 ޕްރޯ ލިބިފައިވަނީ ސާލިމް ތައުފީގަށެވެ. އުރީދޫން މިއަދު ވަނީ ސާލިމަށް އެ ފޯނު ހަވާލުކޮށްފަ އެވެ.

ހަދިޔާ ފޮށީގެ ހަދިޔާ ލިބޭނީ ކޮންމެ ދުވަހަކު ވެސް އުރީދޫގެ މޮބައިލް އެޕަށް ވަދެ، ހަދިޔާ އައިކަން އަށް ގޮސް ހަދިޔާ ފޮއްޓެއް ހުޅުވުމުންނެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް މޮބައިލް ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ އަދި ހޯމް ޕޮޑް މިނީ ހިމެނެ އެވެ.

އުރީދޫން ބުނީ ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ދެ ފަހަރު ހަދިޔާ ފޮށި ހުޅުވައިގެން ހަދިޔާ ހޯދޭނެ ކަމަށާއި މިއީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ލިބޭ ހަދިޔާއެއް ކަމަށެވެ.