Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

މާދްވަން އަށް އަނެއްކާ ވެސް ބައޯޕިކެއް

މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްރީ: ދަ ނަމްކީ އިފެކްޓް" އަށް ފަހު އިންޑިއާގެ އެކްޓަރު އާރް މާދްވަން އަނެއްކާ ވެސް ބައޯޕިކަކަށް ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ އިންޖިނިއަރިން ދާއިރާ އިން އިންޑިއާ އަށް އެތައް އީޖާދުތަކަކާއި ކުރިއެރުމެއް ހޯދައިދިން ގޯޕަލްސްވާމީ ދޮރައިސްވާމީ ނައިޑޫ (ޖީޑީ ނައިޑޫ) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ޖީޑީ ނައިޑޫ" ގެ ނަން ދީފައިވާ ފިލްމުގެ ޕޯސްޓަރު ވެސް އެ އުފައްދާ ޕްރޮޑަކްޝަން ހައުސް މީޑިއާވަން ގްލޯބަލް އެންޓަޓައިންމަންޓް ލިމިޓެޑުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

މީގައި މާދްވާން ޓައިޓްލް ރޯލު ކުޅުނު ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ. އެހެންވެ "ޖީޑީ ނައިޑޫ" ގެ ޑައިރެކްޓަރަކީ ކާކު ކަމެއް ވެސް އަދި ނޭނގެ އެވެ.

"ރަންގް ދެ ބަސަންތީ" އާއި "3 އިޑިއަޓްސް" ފަދަ މަޝްހޫރު ފިލްމުތަކެއްގައި ހިއްސާވި މާދްވަން، 52، ގެ މިދިޔަ އަހަރުގެ "ރޮކެޓްރީ" އިންޑިއާގެ ޖައްވީ އިދާރާގެ ކުރީގެ ސައިސްޓިސްޓް ނަމްބީ ނާރަޔަންގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. އެ ފިލްމަކީ މާދަވް ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅުނު ފިލްމެކެވެ.