Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އާބަންކޯގެ ކޮމިއުނިޓީ ރޯދަ ވީއްލުން އޯޓިޒަމް ސެންޓަރަށް

އަރބަންކޯގެ ފަރާތުން އޯޓިޒަމް ސެންޓަރ ކުދިންނަށް ބޭއްވި ރޯދަ ވީއްލުން / ފޮޓޯ: އަރބަންކޯ

އަރބަންކޯއިން ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ހާއްސަ ރޯދަ ވީއްލުމެއް ދީފިއެވެ.

އަރބަންކޯގެ މި ރޯދަ ވީއްލުމަކީ، އެކުންފުނީގެ ފަރާތުން ކޮންމެ އަހަރަކު ދެމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުމުގެ ދަށުން ދެވުނު ރޯދަ ވީއްލުމެއް ކަމަށް އެކުންފުނިން ބުނެއެވެ. މި ރޯދަވީއްލުންތަކަކީ އަރބަންކޯގެ އެންމެ ބޮޑު އެއް އަމާޒަކީ ބަދަހި މުޖުތަމައުއެއް ބިނާކުރުން ކަމަށް އެކުންފުނިން ބުނެއެވެ.

މިގޮތުން މިއަހަރުގެ ރޯއްދަވީއްލުން ހާއްސަ ކޮށްފައިވަނީ، އޯޓިޒަމް ސެންޓަރަށެވެ. އަދި މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަހަކީ ދުނިޔޭގެ އޯޓިޒަމް އެވެއަރނެސް މަސްކަމަށްވެފައި މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައި ކަމަށް އެކުންފުނިން ބުނެއެވެ.

އަރބަންކޯއިން އިންތިޒާމުކުރި މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ވަނީ ދައުވަތުދެވިފައެވެ. މި ރޯދަ ވީއްލުމުގައި ކުޑަކުދިންގެ މެދުގައި މަޤްބޫލު ފަންނާނު ރޯބޯ މޭންގެ ހަރަކާތްތައް ފެނިގެން ގޮސްފައި ވެއެވެ.

މިފަހަރުގެ ކޮމިއުނިޓީ ރޯއްދަވީއްލުން އޯޓިޒަމް ކުދިންނަށް ހާއްސަ ކުރިއިރު އެކުންފުނިން ދަނީ މުޖްތަމަޢުއާއި ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.