Last Updated: June 22, 13:14
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ބެސިލް ޗިކެން

ބޭނުންވާ ތަކެތި:

200 ގްރާމް ކުކުޅު (ތުނިކޮށް ކޮށާފައި)
1 ޖޯޑު ބެސިލް ފަތް
1 ޖޯޑު ބީންސް (އިންޗިއަކަށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޗިކަން ސްޓޮކް
2 ލޮނުމެދު (ކޮށާފައި)
2 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ވެޖެޓަބަލް އޮއިލް
1 މޭޒުމަތީ ސަމުސާ އޮއިސްޓާ އޮއިލް
1/2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
1/2 ސަމުސާ ހަކުރު

* ތައްޔާރު ކުރާނެ ގޮތް:

ތަވަޔަށް ތެލާއި، ލޮނުމެދާއި މިރުސްކޮޅު އަޅައި މިނެޓެއް ވަންދެން ރަތްކޮށްލާށެވެ. އެއަށް ފަހު ކުކުޅު ކޮޅު އަދި ޗިކަން ސްޓޮކް އަޅައި އިތުރު ތިން މިނެޓް ގަދަ ގިނީގައި އެއްކުރާނީ އެވެ. ދެން އޮއިސްޓާ ސޯސް އާއި ސޯޔާ ސޯސްގެ އިތުރުން ހަކުރުކޮޅު އަޅައި ރަގަނޅަށް އެއްކުރާނީ އެވެ.

އެއަށްފަހު އޭގެ ތެރެއަށް ބީންސް އަދި ބެސިލްކޮޅު އަޅައި އިރުކޮޅަކު ކައްކާލާނީ އެވެ.