މި އަހަރުގެ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ކާމިޔާބުކޮށް ދެއްވަން އެމްޑީޕީގެ ރައޫސް މުހައްމަދު ނަޝީދު ހުންނެވީ ވަރަށް ސާބިތުކަމާ އެކީގައި ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.
"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ފެކްޝަނާ އެކީ ޖޭޕީގެ އިސްވެރިންތަކެއް މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގެ ފޮޓޯއަކާ އެކީ އޭނަ ވިދާޅުވީ ނަޝީދު ހުންނެވީ ވަރަށް ސާބިތުކަމާ އެކީގައި ކަމަށެވެ.
"އިންޝާﷲ މި ފަހަރު މިއީ ގާސިމްގެ ފަހަރު." ނަވާޒު ވިދާޅުވި އެވެ.
Raees MN hunnevee Varah saabithu kamaaeku. Insha Allah mee @qasimibrahim ge faharu … mashvaraa thah dhanee baarah kuriah….. kurierunthah dhanee libemun… #qasim2023 @JPSecretariat @anedhivehirajje @ameenmaldives pic.twitter.com/Ixl3De7K9J
— Abdullanawaz (@abdullanawa) April 7, 2023
އޭނަ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ކުރެވޭ މަޝްވަރާތައް ބާރަށް ކުރިއަށްދާ، އެ މަޝްވަރާތަކުން އަންނަނީ ކުރިއެރުންތަކެއް ވެސް ލިބެމުންނެވެ.
ޖޭޕީއާ އެކީ ނަޝީދު މަސައްކަތް ކުރައްވަން ފެއްޓެވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން ނަޝީދު ވަނީ ރައީސް ސޯލިހަށް އިންތިހާބުގައި ތާއީދު ނުކުރައްވަން ނިންމަވައިފަ އެވެ.
Kureege thajuribaaah balaairu @JPSecretariat a @MohamedNasheed aaeku ehmisraabakah maa gina dhuvahaku masakkaiy kurevidhaane kamah nufeney.Varah thafaathu eggalakah nereyne vahtharuge dhe fikuru.Thelaa fenaahaa thafaathu dhefikuru mi vaguthu political expediency ahtakai ekuthibee
— Ibrahim Shareef (@AdduShareef) April 8, 2023
ނަމަވެސް އެމްޑީޕީގެ ރައީސްގެ މަގާމުގައު ހުންނަވައިގެން އެހެން ޕާޓީއަކަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރައްވާތީ، އެމްޑީޕީގެ ފާޑުކިޔުންތައް ނަޝީދަށް އަމާޒުވެފައިވެ އެވެ. އެގޮތުން ނަޝީދަށާއި "ފިކުރެއްގެ ދިރުން" ތަކުރާރުކޮށް ފާޑު ވިދާޅުވަމުން ގެންދަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ ވިދާޅުވެފައި ވަނީ ކުރީގެ ތަޖުރިބާ އަށް ބަލާ އިރު، ޖޭޕީއަކަށް ނަޝީދާ އެކީ މާ ގިނަ ދުވަހަކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
އަދި ނަޝީދު އެއްފަރާތްކޮށް، އެމްޑީޕީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށް އޭނަ ވިދާޅުވި އެވެ.