މިހާރު ހުންނެވީ "ސިޔާސީ ސައްލާތަކުގައި" ކަމަށް ވިދާޅުވެ، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ޓްވިޓާގައި ސިޔާސީ ކެމްޕޭން ފައްޓަވައިފި އެވެ.
ކޮވިޑްގެ ތެރޭގައި ފެންމަތިވި ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތުކުރެވި މަގާމުން ދުރުވެވަވަޑައިގަނަންވަން ޖެހުނު އަމީން ޖުލައި 30، 2022 ފެ ފަހުން ޓްވީޓެއް ނުކުރައްވަ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ގޮތައި ހުންނެވި އަމީން އަލުން ޓްވިޓާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެށުނު ރޯދަ މަހުގެ އެއް ދުވަސް ކުރިން މާޗް 22 ގަ އެވެ.
ހެލްތު މަގާމު "ގެއްލުނު" ފަހުން ސިޔާސީ ކަންކަމުގެ ތެރެއިން ވެސް އަމީން މާ ބޮޑަކަށް ނުފެނެ އެވެ. އަދި މިހާތަނަށް އޭނަގެ އަޑެއްބަޑެއް ވެސް ނެތެވެ.
މިއަހަރުގެ އިރުވައި ނިމި ހުޅަނގުމޫސުން މިއަދު ފެށުނީއެވެ.
މޫސުން ބަދަލުވިދުވަހު މިހުރެވުނީ ސަން އައިލެންޑްގައެވެ. ސިޔާސީ ސައްލާއަކަށެވެ. މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެގުމެއްވެސްނުވިއެވެ. މޫސުމަކީވެސް ޤުދުރަތުގެ ހާދަހާބޮޑު އަޖައިބެކެވެ. pic.twitter.com/HAyWGb5e6r— Abdulla Ameen (@ameenex) April 8, 2023
އެކަމަކު ރޯދައާ ދިމާކޮށް ޓްވިޓާ އަށް އެނބުރިވަޑައިގެންނެވި އިރު، މިހާރު ހުންނެވީ ޖޭޕީ އަށް ވެރިކަން ހޯދަން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޖޭޕީގެ އެންމެ އިސް ސަފުގަ އެވެ. އެ ޕާޓީގެ އެންމެ އިސްވެރިން ހުކުރު ދުވަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާ އެކީ ސަން އައިލޭންޑް ރިސޯޓްގައ ބޭއްވި ބައްދަލުވައި ވެސް އަމީން ބައިވެރިވަޑައިގެންނެވި އެވެ.
އޭނަ ވިދާޅުވާ ގޮތުން މިހާރު ހުންނެވީ "ސިޔާސީ ސައްލާތަކަށް" ނުކުމެ އެވެ.
ސަން އައިލޭންޑްގެ ބައްދަލުވުމުގެ ފޮޓޯތަކަކާ އެކީ އަމީން ވަނީ ސިޔާސީ ޓްވީޓްތައް ވެސް ކުރައްވަން ފައްޓަވައިފަ އެވެ. އެގޮތުން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ "މި ހުރެވުނީ ސަން އައިލެންޑްގައި ސިޔާސީ ސައްލާއެއްގައި" ކަމަށެވެ.
"މި އަހަރުގެ އިރުވައި ނިމި ހުޅަނގުމޫސުން މިއަދު ފެށުނީ އެވެ. މޫސުން ބަދަލުވި ދުވަހު މި ހުރެވުނީ ސަން އައިލެންޑްގަ އެވެ. ސިޔާސީ ސައްލާއަކަށެވެ،" އޭނަ ވިދާޅުވި އެވެ. "މޫސުން ބަދަލުވި އިރު އުޑުމަތި އުޖާލާކަމުން އެނގުމެއް ވެސް ނުވި އެވެ. މޫސުމަކީ ވެސް ޤުދުރަތުގެ ހާދަހާ ބޮޑު އަޖައިބެކެވެ."
ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ އިރު، އެ ޕާޓީގެ ކެންޑިޑޭޓަކީ ލީޑަރު ގާސިމް އިބްރާހީމެވެ.