އައްޑޫ މަރަދޫގައި ޕާކިން ޒޯންތަކާއި ފިނި މައިޒާންތަކެއް ހަދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ އެ ތަންތަން ހަދަން ބިން ބޭނުންވާތީ ބަދަލުގައި އެހެން ތަނަކުން ބިން ލިބޭ ގޮތަށް ބިން ދޭން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނީ ޕާކިން ޒޯންތަކާއި ފިނި މައިޒާން ހަދަން ބިން ދޭން ބޭނުންވާ މީހުންނަށް އެކަން އެއް މަސް ދުވަހުގެ ތެރޭގައި އަވަށު އޮފީހަަށް އެންގުމަށް އެދޭ ކަމަށެވެ.

މި ގޮތަށް އާންމުން ދޭ ބިންތަކުގެ ބަދަލުގައި އެހެން ތަނަކުން ބިން ހަމަޖައްސައި ދޭނެ އެވެ.
ފޭދޫގައި ވެސް ޕާކިން ޒޯންތަކެއް ހަދަން މިދިޔަ އަހަރު އާންމުންގެ ފަރާތުން ބިން ހޯދަން ކައުންސިލުން އިއުލާންކުރި އެވެ.