Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އަމީނީމަގުގެ މަސައްކަތް ދާގޮތުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާގޮތުން ރައްޔިތުން ބޮޑު ތަކުލީފެއް އުފުލާ ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފު އުފުލަމުން ކަމަށާއި އެގޮތުން ނަފްސާނީ، އިޖްތިމާއީ އެތައް ގެއްލުމެއްވަމުންވަމުން ދާކަމަށެވެ.

އެކަންކަން ރައްޔިތުން ކައުންސިލާއި ހިއްސާ ކުރަމުންދާ ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އަދި އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުގައި މަގު ބައްތިޖަހާނެއެވެ.