Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ޕާކިސްތާނުން ސީދާ ވައިގެ ދަތުރު ފަށަން މަޝްވަރާކޮށްފި

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރު ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވީީ ޕާކިސްތާން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުހައްމަދު ފައްޔާޒް ގިލާނީ މިއަދު ރައީސް އޮފީހުގައި ނައިބު ރައީސް ފައިސަލް ނަސީމާ އެކީ ބޭއްވި ބައްދަވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާއި، ޓޫރިޒަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތަޢުލީމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި އެވެ. އަދ ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް އަންމަ އެމްއޯޔޫތައް އަވަހަށް ނިންމުމަށް ވެސް މަޝްވަރާކުރެއްވި އެވެ.

ރާއްޖެ އިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1966 ގަ އެވެ.