ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓްމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ މާޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕްކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން މާޗް 29 ވަނަ ދުވަހު ބަލާ ފާސްކުރި ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުން އަދި މާޗް 31 ވަނަ ދުވަހު ބަލާފާސްކުރި ޕެކޭޖެއްގެ ތެރޭގައި ހުރި 4 ދަޅަކުން ފެނުނު ތަކެތި ތަހުލީލު ކުރުމުން މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތީގައި 1.8 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީއަގު 3،240،000 އަށް އަރާކަމަށް ލަފާކުރެވޭ ކަމަށެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.