Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އެތެރެ ހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަން އަތުލައިގެންފި

ހުޅުލެ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ރަންތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓްމަސްއިން ބުނެފައިވަނީ އަތުލައިގަނެފައިވަނީ ވައިގެމަގުން އަބޫދާބީއިން ރާއްޖެއައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަންތަކެއް ކަމަށެވެ.

މާޗް 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެ މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ތަކެއްޗާއި ގުޅޭގޮތުން ސުވާލުކުރުމުން ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެ މީހާ އެއްބަސްވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ އެމީހާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއެކު ޖުމުލަ 361 ގްރާމް ހުރި ކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެފައިވަޏީ އިންޑިއާއަސް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.