Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހަނިމާދޫ ބަނދަރު ނިންމާލައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ހަނިމާދޫ ބަނދަރު މަސައްކަތް ނިންމާލާފައިވަނީ 1 އޭޕްރިންގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 6525 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެއެވެ.

މީގެއިތުރުން 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރހައްދެއްގައި ގްރޮއިންސް ޖެހުމާއި، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުން، ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 65.15 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.