Last Updated: June 22, 13:14
Monday, June 22, 2026
ރިޕޯޓް

ރޯދަ ރަހަ: ފެޝަން ފުރްޓް މޫސް

* ބޭނުންވާ ތަކެތި:

1/2 ތަށިގެ ފެޝަން ފްރުޓް
500 އެމްއެލް ވިޕިން ކްރީމް
1/4 ތަށީގެ ގެރިކިރު
1/3 ތަށީގެ ހަކުރު
ފެން

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފެޝަން ފުރްޓްގެ އޮށްކޮޅު ތައްޓަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް ދެ ސަމުސާ ފެން އަޅާށެވެ. އަދި ސަމްސަލެއް ބޭނުންކޮށްގެން އޭތި އިރުކޮޅެއް ވަންދެން މަޑުމަޑުން ގިރާލާށެވެ. އޭގެ ފަހުން ވަކި ތައްޓަކަށް ފެޝަން ފްރުޓްގެ އޮށްކޮޅު އެޅުމަށްޓަކައި ފުރޭނި ބޭނުންކޮށްގެން، އޭގެ ދިޔަކޮޅާއި އޮށްކޮޅު އެއްކޮށް ވަކިކޮށްލާށެވެ. ދެން ވަކިކުރި ދިޔަކޮޅުގެ ތެރެއަށް އަޅާނީ 500 އެމްއެލްގެ ވިޕިންގ ކްރީމެވެ. އަދި އެ ކްރީމްގަނޑު ބޯ ވަންދެން ސަމްސަލެއް ނުވަތަ ވިސްކެއް ބޭނުންކޮށްގެން މަޑުމަޑުން ހަލާނީ އެވެ.

އެއަށް ފަހު ފްރިޖްގައި ފިނިކޮށްލާނީ އެވެ. ދެން ސާވްކުރާ އިރު ގާނިޝްކޮށްލުމުގެ ގޮތުން މައްޗަށް ފެޝަން ފުރުޓް އަޅާލެވިދާނެ އެވެ.