Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ބޭރުގައި އެކްސިޑެންޓްވި ދަރިވަރު ބެންކޮކޮށް

މިދިޔަ މަހުގެ ފަހުކޮޅު ޕިލިޕީންސްގައި އެކްސިޑެންޓުވި ދިވެހި ދަރިވަރު ލުހައިމް މުހައްމަދު އިސްމާއިލް އިތުރު ފަރުވާ އަށް ތައިލެންޑްގެ ބޭންކޮށް ބަދަލުކޮށްފި އެވެ.

މިދިޔަ މަހުގެ 31 ގައި ލުހައިމް، 21، އެކްސިޑެންޓްވީ އޭނަ ދުއްވި ސައިކަލު އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް އެނގިފައިވެ އެވެ.

އެ ހާދިސާގައި އޭނަ އަށް ބޮޑެތި ޒަހަމްތަކެއް ލިބި، ފަރުވާ ދެމުން ދިޔައީ އައިސީޔޫގަ އެވެ. ފުވައްމުލަކަށް އުފަން ލުހައިމަށް އިއްޔެރެއިން ފެށިގެން ފަރުވާ ދެމުން އަންނަނީ ބެންކޮކްގެ ހޮސްޕިޓަލެއްގަ އެވެ. އަދި އޭނަގެ ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް އަދި ހެއެއް ނާރާ ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުންޏެވެ.

އެކްސިޑެންޓުގައި ލުހައިމްގެ ދެ ފައި ބިނދި، ކޮނޑާ ދިމާލުން ވެސް ކަށިގަނޑެއްގައި ރެނދުލާފައިވެ އެވެ. އިތުރު ފަރުވާ އަށް އޭނަ ބެންކޮކަށް ބަދަލުކުރުމުގެ ކުރިން ފިލިޕީންސްގައި ވެސް ލުހައިމްގެ އޮޕަރޭޝަންތަކެއްކޮށްފައިވެ އެވެ.