Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ވުޑްސްގެ ގޯލްފް ބޯޅައަކަށް 64،000 ޑޮލަރު

އެމެރިކާގެ މަޝްހޫރު ގޯލްފް ތަރި ޓައިގާ ވުޑްސް މީގެ 27 އަހަރު ކުރިން ކުއްޖަކަށް ހަދިޔާއަކަށް ދިން ގޯލްފް ބޯޅައަކަށް ނީލަމެއްގައި 64،000 ޑޮލަރު ލިބިއްޖެ އެވެ.

މި ބޯޅަ އަކީ 1997 ގެ މާސްޓާސްގައި، އޭރު 9 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ އަދި މިހާރު 35 އަހަރުގެ ޖޫލިއަން ނެގްޒެން އަށް ވުޑްސް ދިން ބޯޅައެކެވެ. އެ ފަހަރު އެ މުބާރާތަކީ މިހާރު އުމުރުން 47 އަހަރުގެ ވުޑްސް ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އެ މުބާރާތަކީ މާސްޓާސް ޗެމްޕިއަންކަން އޭނަ އެންމެ ޒުވާން ކުޅުންތެރިޔާ ޝަރަފު ވެސް ވުޑްސް އަށް ލިބުނު މުބާރާތެކެވެ. އެ މުބާރާތުގައި އޭނަ ވާދަކުރި އިރު، އުމުރަކީ 22 އެވެ.

ގޯލްފް ކެރިއަރުގެ ކާމިޔާބީގެ ފޮނި ރަހަ ވުޑްސް އަށް ލައްވައި ދިން މުބާރާތުގެ ފައިނަލް ރައުންޑްފައު ބޭނުން ކުރި ބޯޅަ ވިއްކައިލީ މިދިޔަ މަހުގެ 27 ގައި ގޯލްޑް އޭޖް އޯކްޝަންސް އިން ހުޅުވާލި ނީލަމެއްގަ އެވެ. އޭގެ ފެށޭ އަގަކަށް 500 ޑޮލަރު ހުށަހަޅާފައި ވަނިކޮށް އިއްޔެ، ބޯޅަ ވިކުނީ ޖުމް 64,124.40 ޑޮލަރު (984,950.78ރ.) އަށެވެ.

މި އަގަކީ މިހާތަނަށް ގޯލްފް ބޯޅައަކަށް ދެވަނަ އަށް ލިބުނު އެންމެ ބޮޑު އަގެވެ.

މާސްޓާސްގައި ވުޑްސް ބޭނުންކުރި ބޯޅައެއް ބޮޑު އަގުގައި ވިކުނު އިރު މިހާރު ކުރިއަށްދާ މާސްޓާސް އިން އޭނަ އަށް ވަނީ އަނިޔާއާ ހެދި ވަކިވާން ޖެހިފަ އެވެ. އޭނަ އަކީ ގޯލްފްގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ.