ފެނަކަ ކުންފުނި އޮތީ ބޮއްސުންލާފައި ކަމަށް ދާދި ފަހުން މަގާމުން ވަކިކުރި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކީ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެނަކައިގެ ހިންގުން އޮތީ ދޯދިޔާވެ އޮތީ ބޮއްސުންލާފައި ކަމަށެވެ.
"ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭ ވަރަށް ވަނީ ދަރާފައި. މި މައްސަލަ އަށް އެއްވެސް ހައްލެއް އެއްވެސް މުއައްސަސާއަކުން ވަނީ ނުލިބިފައި." އޭނަ ވިދާޅުވި އެވެ.
އަމްރު މި ގޮތަށް ވިދާޅުވީ ލ. ގަމުން ޑީސެލް ހުސްވެގެން ކަރަންޓް ކެނޑިފައިވާ ކަމަށް ބުނެ ނޫހަކުން އިއްޔެ ގެނެސްދިން އާޓިކަލާ ގުޅިގެންނެވެ. އެކަމާ ގުޅުވައި އޭނަ ވިދާޅުވީ އެއީ ކަމެއް ވެސް ނޫން ކަމަށެވެ.
ފެނަކަ އިން ކަރަންޓްގެ ހިދުމަތްދޭ ވަރަށް ގިނަ ރަށްރަށުން ދޭތެރެ އިން އެކިއެކި ސަބަބުތަކާ ހެދި ގިނައިރުތަކެއް ވަންދެން ކަރަންޓް ކެނޑޭ މައްސަލަ އަކީ އާންމު ކަމެކެވެ. އަދި މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.