ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނެ އެންމެ ފަހު ތަރީހަކީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
ގައުމީ ހާމަކޮށްފައިވާ ގޮތުގައި، މިއަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 ގެ ފަހުން ކޮމިއުނިޓީ ފަންޑަށް ހުށަޅާ ޕްރޮޕޯސަލް ބަލައެއް ނުގަންނާނެއެވެ. މިފަނޑަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފޯމް ބީއެމްއެމްއެލް ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ފޯމް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށެވެ. މިފަނޑަށް ފޯމް ހުށަހެޅޭނީ ރާއްޖޭގައި ރެޖިސްޓަކޮށްފައިވާ ޖަމީއްޔާތަކަށެވެ.
މިއަހަރު ފެ ފިޔަވައްސަކަށް ބަހާލައިގެން ފަނޑު ހުޅުވާއިރު، ޖުމްލަ 20 މަޝްރޫޢުއަކަށް 50،000ރ. އާއި ހަމައަށް ފަނޑު ކުރާނެއެވެ. މިފަހަރު ހުޅުވާލާފައިވާ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 10 މަޝްރުޢުއަކަށް އެހީ ވެދޭނެއެވެ.
ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތަށް ކޮމިއުނިޓީ ފަންޑުން އެހީ ވެދޭނެއެވެ.