ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރްގެ ކުރީގެ ލޯބިވެރިންނަށް މަންމަ ނީތޫ ސިންގް ނުސީދާކޮށް ބަހުގެ ހަމަލާއެއް ދީފި އެވެ.
ރަންބީރު އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ މިހާރު އެކްޓަރު ރަންވީރު ސިންގްއާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ދީޕިކާ ޕަދްކޯންއާ އެވެ. އަދި އޭނަ ދޫކޮށްލާފައި ރަންބީރް ފަހުން ކެޓްރީނާ ކައިފާ ރައްޓެހިވި އެވެ. އެ ދެ ތަރިންނާ ރައްޓެހިވެގެން ރަންބީރް ގިނަ ދުވަސްތަކެއް ވަންދެން އުޅުނެވެ.
ކެޓްރީނާ މިހާރު އުޅެނީ އެކްޓަރު ވިކީ ކޯޝަލްއާ ކައިވެނިކޮށްގެންނެވެ.

ދީޕިކާ އާއި ކެޓްރީނާ އަށް ރައްދުވާ ގޮތަށް ނީތޫގެ އިންސްޓަގްރާމް ޕޯސްޓެއްގައި މަގެއްގައި ބަހައްޓާފައި ބޯޑެއްގެ ލިޔުންކޮޅު ހިއްސާކޮށްފައިވެ އެވެ. އޭގައި އިނީ "އޭނަ ކަލެއާ ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމުގެ މާނަ އަކީ ކަލެއާ ކައިވެނިި ކުރާނެއެކޭ ނޫނޭ" އެވެ.
am glad deepika & katrina dumped that hell hole of a house and living their best life
seems like neetu kapoor following mahesh bhatt footstep… https://t.co/bk3vb2uYEV
— s//⛅ (@shaayanistic) April 8, 2023
އަދި އޭގެ ތިރީގައި އާންމު އުސޫލުން ކަންކަން ނުހިނގާކަމުގެ މިސާލެއް ވެސް ހިމަނާފައިވެ އެވެ. އޭގައި އިނީ މީހަކު ހަ އަހަރު ވަންދެން މެޑިސިން ކިޔެވި ކަމަށާއި އެކަމަކު އޭނަވީ ޑީޖޭއަކަށް ކަމަށް ބުނެފައިވެ އެވެ.
Neetu Kapoor has always had something against Katrina Kaif. Years after their breakup she is still taunting her. They were together for 7 years #RanbirKapoor pic.twitter.com/283IFdGGTB
— Mrs Sprightly (@MrsSprightly_) April 8, 2023
ނީތޫގެ މި ޕޯސްޓާ ގުޅިގެން އެއީ ސީދާ ކެޓްރީނާ އާއި ދީޕިކާ އަށް ރައްދުކުރި ބަސްތަކެއް ކަމަށް ބައެއް މީހުން ޓްވީޓާގައި ނީތޫ އަށް ފާޑު ވެސް ކިޔާފައިވެ އެވެ.
View this post on Instagram
ރަންބީރް މިދިޔަ އަހަރު ބަތަލާ އާލިއާ ބަޓާ ކައިވެނިކޮށްގެން މިހާރު ދަރިއަކު ވެސް އެބައޮތެވެ. އާލިއާ ފާހަގަކުރެވެނީ ނީތޫ ވަރަށް ގަޔާވާ، ލޯބިވާ ޅީދަރިއަކަށެވެ. އަދި ނީތޫ، އާލިއާ ސިފަކުރަނީ "މުޅި އާއިލާ ލޯބިވާ ބަހޫ ރާނީއެއް" ގެ ގޮތުގަ އެވެ.