Last Updated: June 14, 02:16
Saturday, June 13, 2026
ޚަބަރު

އިސްލާމް ދީން މަގުބޫލު ވަނީ ހައްގު ދީނަށްވާތީ

އިސްލާމް ދީނުގެ މަގުބޫލުކަން އިތުރުވަމުން އަންނަނީ އެ ދީނަކީ ހައްގުގެ ދީނަށްވާތީ ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

"އިސްލާމް ދީނުގެ މަގުބޫލުކަން އިތުރުވަނީ ކީއްވެ؟" ގެ ނަމުގައި ރޭ ބޭއްވި އިހުޔާ ފޯރަމްގައި ތަގުރީރު ކުރައްވަމުން ޝެއިހް ވިދާޅުވީ ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކު ވެސް އެ މީހާގެ ފިޠުރަތު ނިޔާކުރާ ގޮތުން ދީނަކަށް ބޭނުންވާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އުޅޭ ނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމަށާއި ދީނެއް ނެތި މީހާ އުޅެން ފަށައިފި ނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް އަލި އަޅުއްވާލައްވައި ޒާހިރު ވިދާޅުވީ އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން އެކަން ޤަބޫލު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް މިހާރު ބައެއް މީހުން ދީން ޤަބޫލު ނުކުރާކަން ފާހަގަ ކުރައްވައިވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީ ކޮންމެ ވެސް ރުހުމުގައި ވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހެއް ކަމަށެވެ. ކަން މޮހެން އޮތަސް އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރި ކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމް ދީން ކަމަށް ވިދާޅުވި އެވެ.

ޒާހިރު ވިދާޅިވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ވެސް ދައްކާ ގޮތުގައި އިސްލާމް ދީނަް ވަންނަ އަންނަ މީހުން އިތުރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015-2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމް ދީން ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ދީން ކުރި ހޯދަނީ އަދި އެހާ ބާރުމިނެއްގައި ފެތުރި މަގުބޫލުވަ ވަނީ އިސްލާން ދީނަކީޙައްޤުގެ ދީން ކަމަށްވާތީ ކަމަށް ޒާހިރު ވިދާޅުވި އެވެ. އެގޮތުން ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަން ފަދަ ކަންކަމާ ހެދި މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީ އާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނެއް ކަމަށް ވިދާޅުވި އެވެ.