މާލެ ސިޓީ ކައުންސިލުން މި އަހަރު އުމްރާ ދަތުރު ލިބުނު ފަސް މުވައްޒަފުން އުމްރާ އަށް ފުރައިފި އެވެ.
އެ ފަސް މުވައްޒަފުންނަކީ ކައުންސިލްގެ އެސިސްޓަންޓް ކައުންސިލް އޮފިސަރު އައިމިނަތު ތަހުމީނާ އާއި ސީނިއާ ކައުންސިލް އޮފިސަރު ސުލްތާނާ ހަމީދާއި ކައުންސިލް އޮފިސަުރ މަރިޔަމް ޒާހިދާ އާއި އެސިސްޓަންޓް ކައުންސިލް އޮފިސަރު އައިމިނަތު ރަޒާނާގެ އިތުރުން ކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމެވެ.
މި މުވައްޒަފުންގެ އުމްރާ ދަތުރު ސްޕޮންސަކޮށް ދިނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، އާއި ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ އަދި ލިޓަސް މޯލްޑިވްސްގެ އިތުރުން އޮންދިގޯގެ ފަރާތުންނެވެ.

މި އަހަރު އުމްރާ ދަތުރު ލިބުނު މުވައްޒަފުން ހޮވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި ބޭއްވި ސްޓާފް ނައިޓްގަ އެވެ. އެއީ އޭގައި ކުރިއަށް ގެންދިޔަ ގުރުއަތުން ހޮވިގެންނެވެ.
އުމްރާ ދަތުރު ލިބުނު މުވައްޒަފުންނަކީ ކައުންސިލަަކަށް 10 އަހަރަށް ވުރެ ދުގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އަދި ޙައްޖާއި ޢުމްރާގެ އަޅުކަން މިހާތަނަށް އަދާކޮށްފައި ނެތް މުވައްޒަފުންނެވެ.