Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އައްޑޫގައި ގިނައީ ފިރިހެނުން

އައްޑޫގެ އާބާދީ އަށް ބަލާ އިރު ގިނައީ ފިރިހެނުން ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު އާންމުކުރި އާބާދީއާ ގުޅޭ ތަފާސްހިސާބަށް ބަލާ އިރު މިދިޔަ މަހާ ހަމައަށް ރާއްޖޭގެ އެންމެ ދެކުނު ސިޓީގެ ޖުމްލަ އާބާދީ އަކީ 35،036 އެވެ. މީގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 17،904 އެވެ. އަންހެނުންގެ އަދަދަކީ 17،132 އެވެ.

ދެ ޖިންސްގެ އާބާދީގެ ފަރަގަށް ބަލާ އިރު 772 މީހުންގެ ފަރަގެއް އެބަހުއްޓެވެ.

ރިޕޯޓުން ދައްކާ ގޮތުގައި އައްޑޫގައި 65 އަހަރުން މަތީގެ އާބާދީ އަކީ 2،568 މީހުންނެވެ. މީގެ އިތުރުން 35-65 އަހަރާ ދެމެދުގެ މީހުންގެ އަދަދަކީ 13،419 އެވެ. އެންމެ ޒުވާން އާބާދީ ކަމަށްވާ 18-35 އަހަރާ ދެމެދުގެ މީހުންގެ އަދަދަކީ 10،219 އެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ އާބާދީ އަކީ 8،830 އެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކުގެ އާބާދީ އަށް ބަލާ އިރު އެންމެ ކުރިން ފެށިގެން ވެސް އެންމެ މީހުން ގިނަ އަވަށަކީ ހިތަދު އެވެ. އެ އަވަށުގެ އާބާދީ އަކީ 16،693 އެވެ. ދެން އެންމެ އާބާދީ ގިނައީ ފޭދޫގަ އެވެ. އެ އަވަށުގެ އާބާދީ އަކީ 5،730 އެވެ. މަރަދޫގެ އާބާދީގައި 3،843 މީހުން ތިބި އިރު، މަރަދޫފޭދޫގެ އާބާދީ އަކީ 1،923 އެވެ. މިއީ އައްޑޫގެ އަވަށްތަކުގެ އެންމެ އާބާދީ ކުޑަ އަވަށެވެ.

ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ބަލާ އިރު، މީދޫގެ އާބާދީ އަކީ 3،073 އެވެ. ހުޅުދޫގެ އާބާދީ އަކީ 3،774 އެވެ.

އައްޑޫގައި އާބާދީގައި 35،036 މީހުން ތިބި ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ބައެއް މީހުން މާލެ ސަރަހައްދަށް ހިޖުރަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.