Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ސަފާރީ ރޭޕް ކޭސްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.

ޖޫން 2020 ގައި ހިނގި ހާދިސާއާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ހުށަހަޅާފައިވާއިރު، ޕީޖީ އޮފީހުން އެ މައްސަލާގައި ދައުވާކުރީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް އެކަންޏެވެ. އޭނާ އަކީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ. އަނެއް ދެ މީހުންނަށް ދައުވާ ނުކުރީ ހެކި ނެތިގެންނެވެ.

ޝާންގެ މައްޗަށް ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.

ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބޭރުކޮށްލީ މަދަަނީ މިންގަނޑުން ބަލާއިރު އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މިދިޔަ ހަފްތާގައި ކަމަށް މައުލޫމާތު ލިބެ އެވެ.