Last Updated: June 20, 11:58
Saturday, June 20, 2026
ރިޕޯޓް

ރޯދަ ރަހަ: ޗިކެން މަޝްރޫމް

* ބޭނުންވާ ތަކެތި:

1/4 ޖޯޑު ފުށް
1/2 ސައި ސަމުސާ ލޮނު
1/4 ސައި ސަމުސާ އަސޭމިރުސް
1/2 ސައި ސަމުސާ އޮރިގާނޯ
4 ކުކުޅު ބްރެސްޓް
4 މޭޒުމަތީ ސަމުސާ ބަޓަރު
4 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
1 ޖޯޑު މަޝްރޫމް (ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

ތައްޓެއްގެ ތެރެއަށް ފުށާއި ލޮނާއި އަސޭމިރުސް އަދި އޮރިގާނޯ އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެ ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ.

އެއަށް ފަހު ތަވައަކަށް ބަޓަރު އެޅުމަށް މެދު މިންވަރަކަށް ހޫނު މިން ބަހައްޓައިގެން ބަޓަރުކޮޅު ވިރުވާލާށެވެ. ކުކުޅު ދެ ފުށަށް ޖަހާ ރަތް ވަންދެން ދެފުށަށް ޖަހަމުން ގެންދާށެވެ. އޭގެ ފަހުގައި ކުކުޅުގެ މައްޗަށް ކޮށާފައި ހުރި މަޝްރޫމު އެޅުމަށް ފަހު ތަވާގެ މަތި ބަންދު ކުރުމަށް ފަހު 10 ވަރަކަށް މިނެޓް ވަންދެން ކައްކާލާނީ އެވެ.