Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ގަން އެއާޕޯޓްގައި ކެފެޓީރިއާއެއް ހިންގަން ބަޔަކު ހޯދަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސިޓް ލައުންޖްގައި އޮތެންޓިކް މޯލްޑިވްސް ގާއިމުކުރަން ހަމަޖެހިފައިވާ އައުޓްލެޓްގައި ހިމެނޭ ކެފެޓީރިއާއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 18 ވަނަ ދުވަހު އައްޑު އާއި މާލޭގައި ވެސް އޮންނާނެ އެވެ.

އެ ދުވަހުގެ ހެނދުނު 11:00 މައުލޫމާތު ދިނުން ކުރިއަށް ދާނީ މ. ކަނީރުވިލާގެ ފުރަތަމަ ބުރީގައި ހުންނަ ބީސީސީގެ އޮފީހުގަ އެވެ. އަދި އައްޑޫގައި މައުލޫމާތު ދިނުން އޮންނާނީ ހިތަދޫގައި ހުންނަ ބީސީސީގެ ބްރާންޗްގަ އެވެ.

އެ ކުންފުނިން ބުނީ ގަން އެއާޕޯޓްގައި ކެފެޓީރިއާ ހިންގަން ކުރިމަތިލެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. މިކަމާ ބެހޭ މައުލޫމާތު މި ނަމްބަރު 3330587
އާއި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.