އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހުޔާ ޕްރޮގްރާމްގެ ތެރެއިން މިރޭގެ ފޯރަމް ގދ. ތިނަދޫގައި ބާއްވަން ނިންމައިފި އެވެ.
މި ފޯރަމްގެ މައުޟޫ އަކީ "ހިތްހެޔޮކަމުގެ އިންތިހާ" އެވެ. މި މައުޟޫ އަށް ފޯރަމްގައި ވާހަކަ ދައްކަވާނީ ޝެއިހް އަލީ ޒައިދާއި ޝެއިހު ނިމާލު މުއްމަދެވެ. ތިނަދޫގައި ފޯރަމް އޮންނާނީ ގދ. އަތޮޅު ސްކޫލްގަ އެވެ.
މިރޭގެ ފޯރަމަކީ މި ރޯދަ މަހު މިނިސްޓްރީން ބާއްވާ 12 ވަނަ ފޯރަމެވެ.
މާލެ އާއި އަތޮޅު ތެރެއިން ފޯރަމް ބާއްވަމުން އަންނަ އިރު، އެންމެ ފަހުން ފޯރަމް ބޭއްވި ރަށަކީ ހއ. ހޯރަފުއްޓެވެ. މި ފަހަރުގެ ފޯރަމް ބޭއްވި ރަށްރަށުގެ ތެރޭގައި އަައްޑޫ ހިތަދޫ، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު އަދި ރ. ދުވާފަރު ހިމެނެ އެވެ.