Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ކުނިކޮށީގެ އަލިފާންގަނޑު ކޮންޓްރޯލް، ދުން ބޯ!

އައްޑޫ ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަނަޑު މިހާރު ކޮންޓްރޯ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ބުނީ އަލިފާންގަނޑު ކޮންޓްރޯލް ވިޔަސް އެ ސަރަހައްދުގައި ވަރަށް ބޯކޮށް އަދަދަކަށް ދުމުގެ އަސަރު އަދިވެސް އެބަހުރި ކަމަށެވެ. އެހެންވެ މުހިއްމު ބޭނުމެއްގައި ނޫން ގޮތަކަށް ލިންކް ރޯޑުން ދަތުރި ނުކުރަން އެދިފައިވެ އެވެ.

"އަދި ސައިކަލުން ދަތުރު ކުރައްވާ ބޭފުޅުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ ދަތުރު ކުރައްވާ އިރު މާސްކް އަޅުއްވައިގެން ދަތުރުކުރުމުގެ އިތުރުން، ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް ދަތުރު ނުކުރެއްވުމަށް އިލްތިމާސް ކުރަން.' ކައުންސިލުން ބުންޏެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާ އައްޑޫ ކުނިކޮށީގައި ރޯވީ އިއްޔެ ހަވީރު 4:00 ޖަހައި ބޮޑުވި ފަހުންނެވެ. އޭގެ ފަހުން އަލިފާންގަނޑު ކުނިކޮށީގައި ހުރި ކުނިތަކަށް ފެތުރި، ރޭ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި އެ ސަރަހައްދު ބޯ ދުންތަކުން ކަޅުވިވި އެވެ.

ކުނިކޮށީގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް އިއްޔެ ލިބުނީ 4:43 އެހާކަށްހާ އިރު ކަމަށް އެތަނުން ބުންޏެވެ. އޭގެ ފަހުން އަލިފާން ނިއްވަން މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށް، އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.