ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން ހަވާލުކޮށްފި އެވެ.
އާބަންކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އައިސީއެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 20243ގައި ޤާއިމުކުރާ މި މިސްކިތަކީ 11643 އަކަފޫޓުގެ ބިމެއްގައި ބިނާ މިސްކިތެކެވެ. 3 ފަންގިފިލާ ހިމެނޭ މިސްކިތުގައި 521 މީހުންނަށް ނަމާދުކުރެވޭނެ އެވެ.
މިއަދު ސޮއިކުރެވުނު މިސްކިތް ހިމަނައިގެން ދެވަނަ ފިޔަވަހީގައި ޖުމްލަ 7 މިސްކިތެއް އެޅުމުގެ މަސައްކަތް މިހާރު އެކި ފަރާތްތަކާއި ވަނީ ހަވާލުކޮށްފަ އެވެ.